Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޚުތުބާއާ ގުޅިގެން ސައީދުގެ ސުވާލެއް: ވެރިންގެ އަމިއްލަ އެދުމަށް ރައްޔިތުން ޤުރުބާންކުރުމަށްވުރެ ބޮޑު އަނިޔާއެއް އޮންނާނެތޯ؟

ޚުތުބާއާ ގުޅިގެން ސައީދުގެ ސުވާލެއް: ވެރިންގެ އަމިއްލަ އެދުމަށް ރައްޔިތުން ޤުރުބާންކުރުމަށްވުރެ ބޮޑު އަނިޔާއެއް އޮންނާނެތޯ؟
ވެރިން އެބައިމީހުންގެ އަމިއްލަ އެދުމަށް ޤައުމާއި ރައްޔިތުން ޤުރުބާންކުރާ ކުރުމަށް ވުރެ ބޮޑު އަނިޔާއެއް އޮންނާނެތޯ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލުކުރައްވައިފިއެވެ. ސައީދު މިފަދައިން ވިދާޅުވެފައި ވަނީ މިއަދުގެ ހުކުރު ޚުތުބާގައި ހިމެނުނު ބައެއް ވާހަތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. މިއަދުގެ ޚުޡުބާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް ލޭ އޮހޮރުވުމާއި، ބައިބައިވުމާއި އަދި ދެކޮޅުވެރިކަން ހިނގަމުން ދާ ކަމުގެ މައްޗަށް އަލިއަޅުވައިލައިފައިވެއެެވެ. އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި މަޤާމާއި، ނުފޫޒާއި، ޖާހަށް ޓަކައި ހަނގުރާމަ ކުރުމާއި، އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން މިފަދަ ފިތުނަވެރިކަމެއްގެ މައްޗަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއްގައި، އަޅުގަނޑުމެން ފަދަ ޖަޒީރާ ޤައުމުތަކަށް މިކަންކަމުގެ އަސަރު ފޯރިޔަ ނުދީ ވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މިކަންތައްތަކަށް އަލިއަޅުވައިލާ ސައީދު ވިދާޅުވީ ވާހަކައަކީ ވަރަށް އިބުރަތްތެރި ނަސޭހަތުގެ ބަސްކޮޅެއް ކަމަށެވެ. ސައީދު ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދޭ ތަޅައިފޮޅުމާއި ފިތުނައިގައި ވެރިން އެބައިމީހުންގެ އަމިއްލަ ފައިދާއަށް ޓަކައި ޤައުމާއި ރައްޔިތުންނާއި އެ ރައްޔިތުންގެ މުދާ ޤުރުބާންކޮށް، އެ ފަދަ ބާރުގަދަ ޤައުމުތަކުގެ އަޅުންގެ ގޮތުގައި ވެރިން ތިއްބެވުމަށް ވުރެ ވަކިން ބޮޑު އަނިޔާއެއް އޮންނާނެތޯ ސުވާލު އުފައްދައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް