Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ބޮލީވުޑް

ބިގްބޮސް އޯޓީޓީއިން ކެޓިޔަސް، ސަލްމާންގެ ޝޯއަށް އަރަން ޝަމީތާ ތައްޔާރު

ބިގްބޮސް އޯޓީޓީއިން ކެޓިޔަސް، ސަލްމާންގެ ޝޯއަށް އަރަން ޝަމީތާ ތައްޔާރު

ކަރަން ޖޯހަރް ހޯސްޓު ކުރި މަޝްހޫރު ޓީވީ ޝޯ "ބިގްބޮސް އޯޓީޓީ" މިދިޔަ މަހު ނިމުމުން، ގިނަ ބަޔަކު އެންމެ ދެރަވި އެއް ކަމަކީ އެ ޝޯގައި އެންމެ ވަރުގަދަ ކުޅުމެއް ކުޅުނު އެއް ކޮންޓެސްޓަންޓް ކަމަށްވާ ޝަމީތާ ޝެޓީއަށް އެ ޝޯ ކާމިޔާބު ނުވުމެވެ.

ނަމަވެސް އެ ޝޯގެ ދެވަނަ ރަނަރ-އަޕްގެ މަގާމު ހާސިލު ކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ލިބުނު އުފާވެރި ޚަބަރަކީ، ސަލްމާން ޚާން ހޯސްޓު ކުރާ ބިގް ބޮސް 15ގައި ބައިވެރި ވުމުގެ ފުރުސަތު ޝަމީތާއަށް ވެސް ލިބިފައިވާ ކަމެވެ.

އުމުރުން 42އަހަރުގެ ޝަމީތާ ވަނީ މީގެ ކުރިން ވެސް ބިގް ބޮސްގައި ބައިވެރިވެފައެވެ. އެއީ 2003ވަނަ އަހަރުގައެވެ. ނަމަވެސް އެ އަހަރު އޭނާގެ ދައްތަ ޝިލްޕާ ޝެޓީއާއި ރާޖް ކުންދްރާގެ ކައިވެނީގައި ބައިވެރިވާން ބޭނުން ވެގެން، ޝަމީތާ ވަނީ އެ އަހަރު ޝޯގެ މެދުތެރެއިން ޝޯއިން ވަކިވެފައެވެ.

Advertisement
Ooredoo — Truecaller (box)

ބިގް ބޮސް 15ގައި ޝަމީތާ ވެސް ވާދަ ކުރާނެކަން މިހާރު ޔަގީން ކޮށްދީފައިވާއިރު، އެކަމުގައި އޭނާއަށް ބޮޑު ހިތްވަރެއް ދީފައިވާ އެކަކީ ބިގްބޮސް އޯޓީޓީގައި އޭނާއާ އެކު އުޅުނު އެންމެ ގާތް އެއް އެކުވެރިޔާ ކަމަށްވާ ނޭހާ ބާސިންއެވެ.

ޕަޕަރާޒީންނަށް މައުލޫމާތު ދެމުން ނޭހާ ބުނީ، މި ފަހަރު ޝަމީތާއާ އެކު އޭނާ ނުހުންނާނެތީ ވަރަށް ބަލައިގެން އުޅުމަށް ބުނި ކަމަށެވެ.

ބިގް ބޮސް 15 މި ފަހަރު ހަދައިފައި ވަނީ ޖަންގަލި ތީމަކަށެވެ. އަދި މި ޝޯގައި ވާދަ ކުރާ މީހުން ގޭ ތެރެއަށް ވަނުމުގެ ކުރިން ބޭރުގައި ވަގުތު ހޭދަ ކުރަން ޖެހޭ ކަމަށް ވެސް ޝޯގެ ޕްރޮޑިއުސަރުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް