Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މެންބަރުންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވަމުންދަނީ ބައެއް މެންބަރުން މާބޮޑަށް ބޮޑާވާތީ: ރައީސް ނަޝީދު

މެންބަރުންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވަމުންދަނީ ބައެއް މެންބަރުން މާބޮޑަށް ބޮޑާވާތީ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވަމުން ދަނީ، ބައެއް މެންބަރުންގެ ބޮޑާކަމާއި، އިއްޒަތްތެރިކަން މާބޮޑަށް ބޮޑުވުމުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ މެންބަރުންނާ އެކު އެމީހުންގެ ރައްޓެހިންނަށް ވެސް އެއާޕޯޓުގެ ވީއައިޕީ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައި މަޖިލީހަށް ބިލްކުރާގޮތަށް އާންމު ކޮމިޓީން ގެނައި ބަދަލާ ގުޅިގެންނެވެ.

މަޖިލީހުގެ މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި އެމްޑީޕީގެ މެންބަރުން ވީއައިޕީގެ ޚިދުމަތް ހޯދުމަށް އެދި ކުރަމުންދާ ބަހުސްގައި އެއް މެންބަރަކު އަނެއް މެންބަރަށް ބަހުގެ ހަމަލާދީ، ހައްދަވަމުންދާތީ އެކަން ހުއްޓުވުމަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މާބޮޑަށް ބޮޑާވަމުންދާތީ އެ ބޭފުޅުންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވަމުންދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރައީސް ނަޝީދުގެ އެ މެސެޖާ އެކު، އެމްޑީޕީގައި މިހާރު ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި އަނެއްކާ ވެސް ވަނީ ބަހުގެ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އެއް މެންބަރަކު އަނެއް މެންބަރަކަށް ބަހުގެ ހަމަލާތައް ދިން އިރު، އެ ގްރޫޕުގައި މަޖިލީހުގެ އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވެސް ތިއްބެވިއެވެ. ނަމަވެސް އެ ބަހުސްގެ ތެރެއަށް އެހެން އެއްވެސް މެންބަރަކު ނުވަދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް