Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މެމްބަރުންނަކީ ބައެއް ފަހަރު "ޅަބުޅާ"ތަކަކާ އެއް އުސޫލަށް އަމަލުުކުރާ ބައެއް: މުސްތަފާ

މެމްބަރުންނަކީ ބައެއް ފަހަރު "ޅަބުޅާ"ތަކަކާ އެއް އުސޫލަށް އަމަލުުކުރާ ބައެއް: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ބައެއް ހާލަތްތަކުގައި ޅަބުޅާތަކަކާ އެއް އުސޫލަށް އަމަލުކުރާ ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ތެރޭގައި ކުރެވެމުންދާ ބަހުސްގައި މުލަކު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ، "އިއްޒަތްތެރިކަން" ނުލިބެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޒަތަކީ މީހާގެ އަޚުލާޤާއި ސުލޫކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "އިއްޒަތް"ތެރިކަން ހޯދަން އުޅޭއިރު ބައެއް ހާލަތްތަކުގައި މެމްބަރުން ޅަބުޅާތަކެއްހެން ވެސް މަޖިލީހުގައި އުޅޭ މަންޒަރު ފެންނަކަމަށް މުސްތަފާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/thimarafushi/status/1444499306677882888?s=21

އިކްރާމް ވިދާޅުވީ މަޖިލީސް މެންބަރުންގެ ކުރިއަށް “އިއްޒަތްތެރި މެންބަރުންގެ” ލަގަބު ދީފައި އޮތަސް އެކަން ހަގީގީ މާނައިގައި ނުހިނގާ ކަމަށާއި މަޖިލީހުގެ މެމްބަރުންނަށް “އިއްޒަތްތެރި” މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަމެއް ނުލިބޭ ކަމަށެވެ. އަދި މެމްބަރުންނަކީ އާދައިގެ މީހުންނަށްވުރެ ވެސް ދަށް ބައެއްކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިކްރާމް ވިދާޅުވީ މެމްބަރުންނަށް އިއްޒަތްތެރި ލަގަބު ދީފައި އެކަން ނުލިބޭ ނަމަ “ނިކަމެތި” މެމްބަރުން ކިޔުން ވެސް މާރަނގަޅު ވާނެކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް