ޚަބަރު

ލުނބޯ ކިލޯއެއްގެ އަގު 35 ރުފިޔާއިން 100 ރުފިޔާއަށް އުފުލިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
މާރުކޭޓް -- ދެން އިމޭޖްސް

ލުނބޯ ކިލޯއެއްގެ އަގު 100ރ.އަށް އުފުލިއްޖެއެވެ.

Ads by Hajj Corporation

މީގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު ބާޒާރުގައި އުޅެނީ 35 ރުފިޔާއަށެވެ. އެހެން ނަމަވެސް މިހާރު 100 ރުފިޔާއަށް އަގު ވަނީ އުފުލިފައެވެ.

މިކަމާ ގުޅިގެން ވިޔަފާރިވެރިޔަކު މައުލޫމާތު ދިން ގޮތުގައި ރާއްޖެއިން ބޭރުން މުދާ ގެނައުމުގައި ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. އޭގެ ތެރޭގައި ރާއްޖެއާ ހަމަޔަށް މުދާ އަންނަ އިރު ގިނަ ތަކެތި ހަލާކުވެފައި ހުރުމާއި މުދާ ލިބެންވާ ތާރީހަށް ނުލިބުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އެއަރ ފްރައިޓު ކުރުމުގެ އަގު ވެސް އުފުލިފައިވާ ކަމަށް ގިނަ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ލުނބޯގެ އިތުރުން މިހާރު ބާޒާރުގައި ވިއްކާ ގިނަ މޭވާއާއި ތަރުކާރީގެ އަގު ވަނީ އުފުލިފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިހާރު ހުރި އަގަށް ވުރެ ވެސް ބޮޑު ވާނެ ކަމަށް ވިޔަފާރިވެރިން މަޢުލޫމާތު ދެއެވެ

ލުނބޯގެ އިތުރުން މެންޑެރިންއާއި, އޮރެންޖުގެ އަގު ވެސް މިހާރު ވަނީ އުފުލިފައެވެ.

Ads by Ooredoo
  1. ށަވިޔަނި

    މިވަރުން ކިހިނެއް ރައްޔިތުުމީހާ ކައިބޮއިއުޅޭނީ.

    • ޑީދާ

      މީމީ ހަމަ އެކަނި ރާއްޖެއަށް ވީކަމެއްތަ،ބުރާން