ޚަބަރު

ޖާބިރު ގައިގައި ޖެހި ކަމަށް ބުނާ ދެ މީހުން ދޫކޮށްލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން ދޫކޮށްލައިފިއެވެ.

Ads by MWSC

އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އެ ރަށު ބަޔަކު ހަމަނުޖެހުން ހިންގައި ޖާބިރުގެ ގައިގައި އަތްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން، އޭނާ ރަށުން ފައިބަން ގޮވައިލައި އެ ރަށުގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، 42 އަހަރުގެ ދިވެހި ފިރިހެން މީހަކާއި 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޖާބިރަށް ސެކިއުރިޓީ ދިނުމަށް  މަޖިލީހުން ވަނީ ސިފައިންގެއަށް އަންގަވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!