Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސޯބެއަކީ އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ބޭފުޅާ: ނަޝީދު

ސޯބެއަކީ އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ބޭފުޅާ: ނަޝީދު

އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އެ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިޤު (ސޯބެ)ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޞާދިޤު މިއަދު ޢައްޔަންކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވިދާޅުވީ ސޯބެއަކީ ހިންގުންތެރި ޤާބިލް ބޭފުޅެއް ކަމަށެވެ. އަދި ސޯބެއަކީ “އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ބޭފުޅާ” ކަމަށް ވިދާޅުވިއެވެ.

ޢަބްދުﷲ ޞާދިޤު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ.

Advertisement
Ooredoo — Truecaller (box)

‎މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޢަބްދުﷲ ޞާދިޤު ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް