Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މީހާ ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މީހާ ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒާއި، ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ދިވެހިރާއްޖޭގައި ދީނީ ކަންތައްތަކާ ބެހޭ ކޮންމެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްތޯ އަދި މިކަންތައްތައް ހުއްޓުވަން ދީނީ މީހެއްގެ ހައިސިއްޔަތުން މިނިސްޓަރ އިމްރާން ކުރެއްވީ ކޮން ކަމެއްތޯ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ ސުވާލުކުރައްވައިފައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައްތައް ގާނޫނުގެ މަތިން މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރޭ ހިނގައިދިޔަ މައްސަލައިގައި އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު މިދަނީ ކުރަން ޖެހޭ ކަންތައްތައް ގާނޫނުގެ ދަށުން ކުރަމުން. ރޭގަ ހިނގައިދިޔަ ކަންތަކުގަ މިހާރު އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. އަދި އެކަން ދަނީ މިހާތު ތަހުގީގު ކޮށް ބަލަމުން” މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އިތުރު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށާއި މާލޭގައި ރޭ ހިންގީ ވެސް އެފަދަ ކަންތައްތަކެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް