Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނިޔާވި ކުއްޖާއާ މެދު އިހުމާލެއް އޮތްތޯ ބަލަނީ

ނިޔާވި ކުއްޖާއާ މެދު އިހުމާލެއް އޮތްތޯ ބަލަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ރޭ ނިޔާވި ކުޑަ ކުއްޖާއާ މެދުގައި އިހުމާލެއް އޮތްތޯ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން ހަ އަހަރުގެ ސަދާ ސައުދު އަހްމަދު ހުސައިނެވެ. އޭނާ ހޮސްޕިޓަލަށް އިއްޔެ ހެނދުނު ގެންދިޔައީ ބަނޑަށް ތަދުވެ ހޮޑުލާތީ ކަމަށް މައުލޫމާތު ލިބެއެވެ. ޚަބަރު ފެތުރިފައިވާ ގޮތުގައި ސަދާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލުން އިންޖެކްޝަނެއް ޖެހިފަހުން، އިއްޔެ އިރުއޮއްސުނު ފަހުންނެވެ.

ސަދާ ނިޔާވި ހާދިސާއާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ލިރާރް "ދެން"އަށް ރޭގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުއްޖާ ނިޔާވި ސަބަބު އަދި އެނގިފައިނުވާ ކަމަށާއި އެއްވެސް އިހުމާލުވުމެއް ވާނަމަ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެކަން ބަލައި، އެއްބާރުލުން ދެއްވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ ސަދާއަށް ފަރުވާ ދިނުމުގައި އަމަލުކުރި ގޮތާއި ބޭނުންކުރި ބޭސްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ހޮސްޕިޓަލްގައި އެދިފައިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް