ޚަބަރު

ފަސް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަސް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

Ads by STELCO

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލްމޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ދޯނީގައި ތިބީ ފަސް ދިވެހިން ކަމަށާއި އެންމެ ފަހުން އެމީހުންނާ ގުޅިފައި ވަނީ 6:45ގައި ކަމަށެވެ.

އަޑިއަށް ގޮސްފައި ވަނީ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މި ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާއިރު، ގެއްލިފައިވާ ފަސް މީހުން ހޯދުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ޑޯނިޔާ ފްލައިޓް އަންނަނީ އެ ސަރަޙައްދަށް ދަތުރުކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!