ޓީޗަރުންގެ ދުވަހު އެންމެ ބޮޑު އިސްކަމެއް ދޭންވީ މުސާރަ ބޮޑު ކުރުމަށް: ޒައިދު

ޓީޗަރުންގެ ދުވަހު އެންމެ ބޮޑު އިސްކަމެއް ދޭންވީ މުސާރަ ބޮޑު ކުރުމަށް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގް މެމްބަރު ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީޗަރުންގެ ދުވަހު އެންމެ ބޮޑު އިސްކަމެއް ދޭންވީ މުސާރަތައް ބޮޑު ކުރަން ކަމަށެވެ. އަދި ޓީޗަރުންނަކީ ޝަރަފްވެރި ދިރިއުޅުމެއްގެ ވެރި ބައެއް ކަމަށާއި ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.
މީގެ އިތުރުން ޒައިދު ވިދާޅުވީ މިކަމަށް އެދެވޭ ހައްލެއް މިއަދާ ޖެހެންދެން ވެސް ނުލިބޭ ކަމަށާއި ވަރަށް ގިނަ ޓީޗަރުން އުޅެނީ ލިބޭ މަދު މުސާރަކޮޅުން ވަރަށް ހާލުގައި ކަމަށެވެ. ޒައިދު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
https://twitter.com/alizaid1000/status/1445281287510511618?s=21
" ޓީޗަރުންގެ ދުވަހު އެންމެ ބޮޑު އިސްކަމެއް ދޭންވީ މުސާރަތައް ބޮޑު ކުރުމަށް! ޓީޗަރުންނަކީ ޝަރަފްވެރި ދިރިއުޅުމެއްގެ ވެރި ބައެއް. ވަރަށް ބުރަ ބައެއް! މިކަމަށް އެދެވޭ ހައްލެއް އަދި އަދަށް ދާންދެން ވެސް ނުލިބޭ!ވަރަށް ގިނަ ޓީޗަރުން އުޅެނީ ލިބޭ މަދު މުސާރަކޮޅުން ވަރަށް ހާލުގައި! މިކަން ބަދަލުވާން ޖެހޭ!" ޒައިދު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހަށް ޔުނެސްކޯއިން ކަނޑައަޅައިފައިވާ ޝިއާރަކީ "ކިޔަވައިދިނުން އިހު އޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ މިއެވެ.







ކޮމެންޓް