Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޑިއާއިން މާލެއަށް ދަތުރު ކުރި ބޯޓެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރި ވަނީ

އިންޑިއާއިން މާލެއަށް ދަތުރު ކުރި ބޯޓެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރި ވަނީ

އިންޑިއާއިން މާލެއަށް ދަތުރު ކުރި ބޯޓެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ކޯސްތްގާޑުން ބުނީ އިންޑިއާގެ "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ނަމަކަށް ކިޔާ އެ ބޯޓު ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލްމޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު މިއަދު 16:57 ހާއިރު ލިބުނު ކަމަށާއި ކޯސްޓްގާޑުން އެކަމާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި މި ބޯޓްގައި 9 ފަޅުވެރިން ތިބި ކަމަށައި މި ބޯޓަކީ މޭވާއާއި ތަރުކާރީ ހިފައިގެން މާލެ އަށް ދަތުރު ކުރާ ބޯޓެއް ކަމަށް ވެސް ކޯސްޓްގާޑުން ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

އަޑިއަށް ދާ ބޯޓަށް އެހީވުމަށް ކޯސްޓް ގާޑް ޝަހީދު އަލީ މިހާރު އެ ސަރަޙައްދަށް ދަތުރު ކުރަމުންދާ ކަމަށާއި އެ ސީޖީ ޝަހީދު އަލީއަށް އެ ސަރަހައްދަށް ފޯރާނެ ކަމަށް ލަފާ ކުރެވެނީ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެސް އެމްޑީއެފްއިން ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް