Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދު ޔޫއޭއީއަށް ވަޑައިގެންފި

ރައީސް ނަޝީދު ޔޫއޭއީއަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ޔޫއޭއީއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެ ޤައުމަށް ވަޑައިގެންފައި ވަނީ ރާއްޖެ ބައިވެރިވާ ވޯލްޑް އެކްސްޕޯ ޔޫއޭއީގައި ފަށައިފައި ވަނިކޮށެވެ. އެމަނިކުފާނަށް ޔޫއޭއީއިން މަރުހަބާ ދެންނެވީ އެކްސްޕޯގައި ރާއްޖެ ތަމްސީލް ކުރާ ކޮންޓިންޖެންޓުގެ އިސްވެރިޔާ ޔޫސުފް ރިޒާއެވެ.

އެނގިފައިވާ ގޮތުގައި މި އެކްސްޕޯގެ ތެރެއިން މާދަމާ ކުރިއަށްދާ ވޯލްޑް މަޖިލިސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement
Ooredoo — Square (box)

މި ހިނގާ އޮކްޓޯބަރު މަހުން ފެށިގެން ހަ މަސް ދުވަހަށް ޔޫއޭއީގެ ދުބާއީގައި ކުރިއަށްދާ އެކްސްޕޯގައި މިމަހުގެ 25 ވަނަ ދުވަހަކީ ރާއްޖެއަށް ހާއްސަކުރާ ދުވަހަށް ހެދުމަށް ވަނީ ނިންމައިފައެވެ.

މި އެކްސްޕޯގެ އަމާޒަކީ އައު އީޖާދުތަކާއި އެކިއެކި ހިޔާލުތައް އެއްތަނަކުން ދައްކައިދީ އެކަންކަމުގެ ތެރެއިން އިންސާނިއްޔަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް