Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލެހިޔާ ކައިރީގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ރޯވެއްޖެ

މާލެހިޔާ ކައިރީގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ރޯވެއްޖެ

މާލެހިޔާ ކައިރީގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެހިޔާ ކައިރީގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ރޯވި އަލިފާންގަނޑު ފަޔަރ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް)އިން ނިއްވައިލައިފި ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެފްއާރްއެސްއަށް ލިބިފައި ވަނީ މިރޭ 8:49 ހާއިރެވެ.

Advertisement
Allied — Dhen Online (box)

އަލިފާނުގެ މި ހާދިސާގައި ރޯވި ޕިކަޕަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާ މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް