މުނިފޫހިފިލުވުން

ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދުގެ މައްޗަށް ފިލްމެއް ހަދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދު ދައްކުވައިދޭ ގޮތަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

Ads by STELCO

ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގެ މައްޗަށް މި ފިލްމުގެ މަސައްކަތް ފެށުން އިފްތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.

ހއ. އުތީމުގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، މި ފިލްމުގެ މަސައްކަތް ނިންމުމަށްފަހު އަންނަ އަހަރުގެ ގައުމީ ދުވަހަށް ފިލްމު އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަމާޒެއް ކަމަށެވެ.

މިފަދަ ފިލްމެއް ގެނެސްދެނީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާއި ގުރުބާނީ އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދި ފިލްމުގެ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޓެޑް

    ތީއީ ކިތައް ފަހަރައް ހަދާ ފިލްމެއް.. ތި އައްސަރެއް ތި ފިލްމެއް ހަދައް އުލުނު ސިފައިންނާ އެކްވެސް .. އެކަމެއް ނުވި.. ޕީއެސް އެމް އިން ވެސް ތިކަން ކުރަން އުލުނު، މިފަހަރު ކިހިނެއްބާ ވާނީ.. ހިއެއް ނުވުވޭ ފެންވަރެއް ހުންނާނެ ހެނެން.. އަހަރުމެބްގެ ބަތޮލުންނައް ވެސް ހުތުރު އަރުވާނީ