Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އަޅުގަނޑު ހުންނަން ޖެހޭ ހިސާބެއް ކަނޑައަޅުއްވާނީ ރައީސް ޔާމީން: ޑރ. ޖަމީލް

އަޅުގަނޑު ހުންނަން ޖެހޭ ހިސާބެއް ކަނޑައަޅުއްވާނީ ރައީސް ޔާމީން: ޑރ. ޖަމީލް

އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ވަކި މަގާމެއްގެ ބޭނުންފުޅުގައި ނޫން ކަމަށާއި އެ ޕާޓީގައި ހުންނަން ޖެހޭ ހިސާބެއް ކަނޑައަޅުއްވާނީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް"ގެ ޝޯއެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑރ. ޖަމީލް ހުންނަވާނީ ކޮން ހިސާބެއްގައިތޯ އަދި ހުންނަވަން ބޭނުންފުޅުވާ ހިސާބަކީ ކޮބައިތޯ ކުރި ސުވާލަށް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ޕީޕީއެމަށް ހިދުމަތް ކުރައްވަން ކަމަށެވެ. އަދި ޕީޕީއެމާ ގުޅިވަޑައިގަތީ ވަކި މަގާމެއްގެ ބޭނުންފުޅުގައި ވެސް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީނާއެކު ހުންނާނީ. ދެން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނީ ޖަމީލު ހުންނާނީ ކިހާ ހިސާބެއްގައިކަން. އެ ސުވާލުގެ ޖަވާބު އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު މި ކުރަނީ ވަރަށް ސާފުގޮތެއްގައި ޕާޓީއަށްޓަކައި މަސައްކަތް. އެއީ ޕާޓީގެ ތެރެއަށް އަންނަން ޖެހޭނީ ބިސްމިﷲ، ކިޔާފައި މަގާމުތަކެއް ހިފައިގެނެއް ނޫން. އެކަމުގެ ނިޔަތް ގަނެގެނެއް ނޫން. ސިޔާސީ މަސައްކަތަކީ ފުރަތަމަ ކަމަކަށް އެ ގޮތަށް ކުރާ މަސައްކަތެއް ވެސް ނޫން" ޑރ. ޖަމީލް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޑރ. ޖަމީލްއަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް