Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހިޖުރަ ކުރާ ދޫނިތައް ހިފައި ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ހިޖުރަ ކުރާ ދޫނިތައް ހިފައި ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ހިޖުރަ ކުރާ ދޫނިތައް ހިފައި ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް އެކި ވައްތަރުގެ ދޫނި އަބަދުވެސް ޒިޔާރަތްކުރާ މޫސުމެއް ކަމަށެވެ.

އީޕީއޭއިން ބުނީ އެފަދަ ދޫނިތަކަކީ ޤާނޫނާއި ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެފަދަ ދޫނިތައް ހިފައި ގޯނާ ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެގޮތަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޕީއޭއިން ވަނީ ދީފައެވެ.

Advertisement
Ooredoo — Truecaller (box)

އެ އެޖެންސީން އިތުރަށް ބުނީ ހިއްކައިފައިވާ ބިންތަކާއި، ފުޓުބޯޅަ ދަނޑުތަކާއި، ހާމައަށް ހުންނަ ބިންތަކުގައި މަޅިފައްޗާއި، ދަންތުރަ އަދި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ދޫނިތަކަކީ މަދިރި ކޮންޓްރޯލް ކުރުމާއި މަދިރީގެ ސަބަބުން އެކި ކަހަލަ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ދިރުންތަކެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް