Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ކޮރަޕްޝަންގެ ތުހުމަތު ދޮވެ ސާފު ކުރަނީ ސަސްޕެންޝަނުން: ޑރ. ޖަމީލް

ކޮރަޕްޝަންގެ ތުހުމަތު ދޮވެ ސާފު ކުރަނީ ސަސްޕެންޝަނުން: ޑރ. ޖަމީލް

މި ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތު ދޮވެ ސާފު ކުރަނީ ސަސްޕެންޝަނުން ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތު އޭސީސީން ކުރުމުން، މަގާމުން ސަސްޕެންޑު ކުރި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޙްލޫފްގެ ސަސްޕެންޝަން ރޭ އުވައިލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ގެންގުޅުއްވަނީ "އަޖައިބެއްފަދަ ޕޮލިސީ"އެއް ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު ދޮވެ ސާފު ކުރަނީ ސަސްޕެންޝަނުން ކަމަށެވެ.

Advertisement
HDC — Sidebar (box)

"ކުށުން ދުރުކުރަން ކުށަށް ހިއްވަރު. ޤާނޫނު ނަގަހައްޓަން ޤާނޫނާ ޚިލާފް ވަނީ. މަޙްލޫފް ސަސްޕެންޑް ކުރީ ކޮންކަމެއް ޙާޞިލްކުރަން؟ ފަޔަށް ހިނިއަރައިގެން އުޅުނު އެމްޑީޕީ މެންބަރުންގެ ދޫ މިއަދު ކޮބާ؟" ޑރ. ޖަމީލު ސުވާލު ކުރައްވާފައިވެއެވެ.

https://twitter.com/MJameelAhmed/status/1447104550473592832?s=20

މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން އުވައިލީ ހަތަރު މަސްވީއިރު ވެސް މައްސަލައިގައި ދައުވާ ކޮށްފައި ނުވާތީއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް