Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މެޗަށް ޓިކެޓް ގަންނަން އެއް ދުވަސް ކުރިން ކިއު ހަދައިފި

މެޗަށް ޓިކެޓް ގަންނަން އެއް ދުވަސް ކުރިން ކިއު ހަދައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މި މަހުގެ 13 ވަނަ ދުވަހު ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކަން ފެށުމުގެ 1 ދުވަސް ކުރިން ޓިކެޓް ގަންނަން ކިއު ހަދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު ގަލޮޅު ދަނޑުގައި ޓިކެޓް ގަންނަން ވަނީ ކިއު ހަދައިފައެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ މާދަމާއެވެ. ޓިކެޓް ގަންނަން ކިއު ހެދުމުން އެކަން ކިއުގައި ތިބި މީހުންނަށް އަންގައިފައިވާ ކަމަށާއި ކިއު ހެދި މީހުން މިހާރު ކިއު ރޫޅައިލައިފައިވާ ކަމަށް މައުލޫމާތު ލިބިއެވެ.

Advertisement
HDC — Sidebar (box)

އުރީދޫ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު އިއްޔެ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗު 1-0 ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުން ރާއްޖެ މޮޅުވުމާއެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެއަށް ވަނީ ލިބިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް