Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޓޮޕް ޓެން ޖަލްސާ އަންނަ އާދިއްތަ ދުވަހު

ޓޮޕް ޓެން ޖަލްސާ އަންނަ އާދިއްތަ ދުވަހު

2019 ވަނަ އަހަރުގެ އޭލެވެލްއިން ގަދަ 10އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ވޭތުވެދިޔަ އަހަރު މި ހަފްލާ ބާއްވާފައި ނުވި ނަމަވެސް މިއަހަރުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި ޓޮޕް 10 ގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް ސްޓޭޖް މަތިން އެވޯޑް ހަވާލުކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޖަލްސާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ މީގެ ދެ އަހަރު ކުރިން ބޭއްވި އޭލެވެލް އިމްތިހާނުގައި 1500އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އޭލެވެލްގެ ގަދަ 10އަކަށް ދަރިވަރުން ހޮވުމުގައި ވަކި އިމްތިހާނަކަށް ނުބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ނިންމައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނިންމައިފައި ވަނީ ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް ދިނުމުގައި އޭޕްރީލް/މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނަށް އެކަނި ބަލާ ގޮތަށެވެ.

އެކަމާ ގުޅިގެން އޭލެވެލް ހަދާ ގިނަ ދަރިވަރުންނާއި އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް