ޚަބަރު

މިޔުޒިކް ޝޯ ބާއްވަނީ މާލޭ ސިޓީ ކައުންސިލަކުން ނޫން: މޭޔަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިޔުޒިކް ޝޯ ބާއްވަނީ މާލޭ ސިޓީ ކައުންސިލަކުން ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، ސިލްސިލާ މިޔުޒިކް ޝޯވތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިން މަސައްކަތް ކުރަމުން ދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އެއްވެސް ޝޯއެއް ބޭއްވުމަށް މަސައްކަތް ނުކުރާކަމަށެވެ. އަދި އެކަމަށް ތާއީދު ވެސް ނުކުރާނެ ކަމަށެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން އިސްނަގައިގެން ރާވައިފައި ވަނީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއް ތަނެއްގައި ތިބެގެން މެޗު ބަލާނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަހުލޫފް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގިނަ ބަޔަކު ބައިވެރިކޮށްގެން މިރޭގެ މެޗުގައި ފޯރި ގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފައެވެ.

ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯތަކެއް ކުރިއަށްގެންދަން ވަނީ ރާވައިފައެވެ. މަހުލޫފް ވިދާޅުވީ މިރޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ފައިނަލް މެޗާ ހަމައަށް ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް މި ޝޯ ކުރިއަށް ގެންދާނެ ކަމަށެވެ.

Ads by Allied Insurance
  1. އަހަރެން

    އަންހެނުންނާއި ފިރިހެނުންނާ ދެބައިމީހުން އެންތަންވެގެން މިއުޒިކު ޝޯބެންވުމަކީ ކުރަންހެޔޮވާވަރުގެ ކަމެންނޫންކަށާ މިއީ އިސްލާމީ ގައުމެއްކަން ހަދުމަކުރައްވާ