Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހޯދަނީ

ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހޯދަނީ

ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހޯދަން އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ހާޒިރުވާން އަނގާފައިވަނީ ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު ކަމަށެވެ. އޭނާ ހާޒިރުކުރެވެނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އޭނާ ހާޒިރުވާން ޖެހެނީ 2021 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 13:00އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް