Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޝުމްބާ "ރަހީނު" ކުރިކަމަށް ބުނާ މައްސަލަ އޮމްބަޑްސް ޕާރސަންގެ އޮފީހުން ބެލޭނެކަމަށް ނިންމައިފި

ޝުމްބާ "ރަހީނު" ކުރިކަމަށް ބުނާ މައްސަލަ އޮމްބަޑްސް ޕާރސަންގެ އޮފީހުން ބެލޭނެކަމަށް ނިންމައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ސްރީ ލަންކާއިން ރަހީނު ކުރިކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮމްބަސްޓްޕާރސަންގެ އޮފީހަށް އޭނާ ހުށައަޅައިފައިވާ މައްސަލަ ބެލުމަށް އެ އޮފީހުން ނިންމައިފިއެވެ.

ޝުމްބާ މިއަދު ކުރި ޓްވީޓެއްގައި ވަނީ އެމައްސަލަ ބަލާނެކަަމަށް ވިދާޅުވެ އިންތިގާލީ އިންސާފުގެ އޮމްބަސްޓްޕާރސަންގެ އޮފީހުން އޭނާއަށް ފޮނުވައިފައިވާ ސިޓީގެ ކޮޕީއެއް ހިމަނައިފައެވެ.

https://twitter.com/ShumbaGong/status/1448183951571386374

Advertisement
Ooredoo — Square (box)

ލަންކާގައި ހުއްޓައި ރަހީނުކޮށް ޖަހައިގަތުމަށް ރާވައި، ހިންގި ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އޭރު ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ޒާހިޔާ ޒަރީރާއި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އަބްދުﷲ ނަވާޒު ހިމެނޭހެން އޭރުގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކަކާ އެކު ޖުމްލަ 11 ފަރާތެއްގެ މައްސަލަ ބަލައި ޖިނާއީ ތަހްގީގެއް ކޮށްދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮމްބަސްޓްޕާރސަންގެ އޮފީހަށް އޭނާ މައްސަލަ ހުށައަޅައިފައި ވަނީ މިދިޔަ ޖުލައި މަހުއެވެ.

ޝުމްބާ ލަންކާއިން ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގައެވެ. އޭނާ ލަންކާގައި ހުއްޓާ ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީން ދަތުރު ކުރައްވަމުން ދިޔަ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް