Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހޯދަން އިއުލާން ކުރީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެގެ ދަށުން ކަމަށެެވެ.

ހާޒިރުވާން އަންގައިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޔޫނުސް، (52އ)، ޕާސްޕޯޓް ނަންބަރު: BC0642839 އެވެ.

Advertisement
Allied — Dhen Online (box)

އޭނާ ހާޒިރުކުރެވެނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސުވާލުކުރުމަށެވެ.

އޭނާ ހާޒިވުމަށް އަންގައިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު މެންދުރު ފަހު 14:00އަށް ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް