Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ފަރުވާއަށް ދިއްދޫއަށް ގެންދިޔަ ބާރަށު މީހަކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން އިތުރު ފަރުވާއަށް ދިއްދޫއަށް ގެންދިޔަ ބާރަށު މީހަކު ނިޔާވެއްޖެ

ބަލި ވެގެން އިތުރު ފަރުވާއަށް ހއ. ބާރަށުން އެ އަތޮޅު ދިއްދޫއަށް ގެންދިޔަ މީހަކު ނިޔާވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލު ނައިބު ރައީސް އަލީ އަމީޒް ވިދާޅުވީ، ނިޔާވެފައި ވަނީ އުމުތުން 89 އަހަރުގެ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށެވެ.

"ބާރަށު ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ދިއްދޫއަށް އިތުރު ފަރުވާއަށް ފޮނުވީ. އެކޮޅަށް ގެންގޮސްފައި ކޮވިޑަށް ޓެސްޓް ކުރި އިރު އެނގުނީ ފައްސިކަން" އަމީޒް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެ މީހާ ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް