Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޫސަގެ ރައްދު ރައީސް ނަޝީދަށް: ބައްޕައާ ނުބެހި ސިޔާސީ ޒުވާބު ކުރަން އެނގެން ޖެހޭނެ

މޫސަގެ ރައްދު ރައީސް ނަޝީދަށް: ބައްޕައާ ނުބެހި ސިޔާސީ ޒުވާބު ކުރަން އެނގެން ޖެހޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)އާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެމަނިކުފާނު ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

މިއަދު މެންދުރު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުއާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ރީކޯ މޫސަގެ ބައްޕަ ރައީސް ނާސިރުގެ ވެރިކަމުގައި އަމަލު ކުރެއްވި ކަމަށް ބުނާ ގޮތެއްގެ މިސާލު ގެންނަވާފައެވެ.

"އަޅުގަނޑު ގާތުގައި މީހަކު ބުނީ މާލޭގައި އުޅުނޭ ކުޑަ އަލީ ކިޔާ މީހެއް. ދެން އިބްރާހިމް ނާސިރާއި އަބްދުލްހަންނާން ހަލީމްއާ، އަމަންއާންމުގައި އުޅުއްވަނީ އަބްދުލްހަންނާން ހަލީމް، ދެން މި ކުޑަ އަލީ ކިޔާ މީހާ އެކި އެއްޗެހި ކިޔާ އިނގޭތޯ، ނާސިރޭ ކިޔައިގެން ވެސް ކިތަންމެ އެއްޗެއްް ވެސް ކިޔާ. ދެން އެންމެ ފަހުން ނާސިރު ވިދާޅުވީ އަބްދުލްހަންނާން އަރިހުގައި، ދެން ކުޑަ އަލީ ދޫކޮށްލައިގެން އަޅުގަނޑުމެންނަށް ވެރިކަން ނުކުރެވޭނިއްޔާ ދެން ނުކުރާންވީ ނޫންހޭ،" ރީކޯ މޫސަގެ ބައްޕައަށް ނިސްބަތްވާ ގޮތަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ނަޝީދުގެ މި ވާހަކަތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ރީކޯ މޫސަ ވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުގެ އެއް ދުވަސް ފަހުން (ފެބްރުއަރީ 8، 2012 ގަައި) ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެން އަނިޔާގެ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ.

އެދުވަހު އެމްޑީޕީގެ ސަޕޯޓަރުންނާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ރީކޯ މޫސައާއި ރައީސް ނަޝީދަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މަޖިލިހުގެ ކުރީގެ ނައިބު ރައީސް ވަނީ އެ މަންޒަރު ދައްކުވައިދޭ ފޮޓޯ އާންމު ކުރައްވައިފައެވެ.

https://twitter.com/ReekoMoosa/status/1448224005752705028?s=20

އެ ދުވަސް ހަނދާން އެބަހުރިތޯ ސުވާލު ކުރައްވަމުން މޫސާ މަނިކު ވިދާޅުވީ ރައީސް ނަޝީދުގެ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަވެސް އޭނާގެ ލޯބިވާ ބައްޕަ ދުނިޔޭގައި ނެތް ކަމަށެވެ. އަދި ބައްޕައާ ނުބެހި ސިޔާސީ ޒުވާބު ކުރަން އެނގެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް