ފައްސިވީ އަދަދުތައް މިއަދު ވެސް 100އިން މަތި

ރާއްޖެއިން މިއަދު އިތުރު 106 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 21 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 78 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 7 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 85،838 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 84،381 އައެ މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 237 މީހުން ނިޔާވެފައި ވެއެވެ.