ބޮލީވުޑް

ޖަލުގައި ޝާހްރުކް ޚާންގެ ދަރިފުޅު ކަނީ ހުސް ބިސްކޯދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ޖަލަށް ލައިފައިވި ޚަބަރު އަދިވެސް ވެގެން ގޮސްފައި ވަނީ ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަށެވެ.

Ads by MWSC

ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއް ތެރެއިން މަސްތުވާތަކެތި ފެނި، އެ މައްސަލައިގައި އާރްޔަންއާ އެކު އިތުރު ހަތް މީހަކު ވެސް ހައްޔަރު ކޮށްފައިވެއެވެ.

މި މަހުގެ ހަވަނަ ދުވަހު އާރްޔަން ހައްޔަރު ކުރުމަށް ފަހު، ފުރަތަމަ ބެހެއްޓީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ޖަލުގައެވެ. ކަފާލާތުގެ ދަށުން އެފަހަރު ވެސް އޭނާ ދޫކޮށް ނުދިނުމަށް ފަހު، ފަހުން ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ކޯޓުން ވެސް ނިންމީ އާރްޔަން ކަފާލާތުގެ ދަށުން ދޫނުކުރުމަށެވެ. އަދި އާތަރ ރޯޑް ޖަލަށް އޭނާ ބަދަލު ކުރިކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މިކަމާ ގުޅިގެން މިހާރު ފެތުރެމުންދާ ޚަަބަރަކީ، ޖަލުގައި އާރްޔަން ރަނގަޅަށް ކައިބޮއެ ނޫޅޭކަމުގެ ޚަބަރެވެ. އެގޮތުން އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައި ވަނީ، ޖަލުގައި ހުރެގެން އާރްޔަން ހަމައެކަނި ކަނީ ޕާރްލޭ ޖީ ބިސްކޯދު އެކަނި ކަމަށެވެ. އަދި ޖަލުން ގެނެސްދޭ ޖޫހާއި ސައި ވެސް ނުބޯ ކަމަށާއި ހަމައެކަނި ބޮނީ ފެން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އާރްޔަން އެ ޖަލަށް ދިޔައީ 12 ފުޅި ފެން ހިފައިގެން ކަމަށާއި ނަމަވެސް މިހާރު އެ ތަނުން ބާކީ ހުރީ އެންމެެ ތިން ފުޅި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Allied Insurance
  1. ކަސައުޓީ

    އަހަރުންނަށް ކޮޮންކަމެއް؟ ޖަލުގަ އޮވެ ހުސް ބިސްކޯދާ ފެނާވެސް އެބަ ބޮވޭތާ!! ބައްޕައަކީ މުސްލިމެކޯ. ގިޔާމަތްދުވަހު ލިބޭނީ ފާދިޔަ ބޯ އެެއްޗަކަށް ތިހެން އުޅުނީމަ.

    • އާސި

      ރަނގަޅު ތާ ތިވަރު ވެސް ކެވޭކަން ދޯ