ފަނޑިޔާރުންގެ އޯޑިއޯތައް ތަހްގީގު ކުރުމުގެ ބަދަލުގައި މިހާރު އުޅެނީ އެކަން އެއީ ނުވާކަމަކަށް ހަދައި ފަނޑިޔާރުންނަށް ބިރުދައްކަން: ޝުޖާޢު
ފަނޑިޔާރުންގެ އޯޑިއޯތައް ތަހްގީގު ކުރުމުގެ ބަދަލުގައި މިހާރު އުޅެނީ އެކަން އެއީ ނުވާކަމަކަށް ހަދައި ފަނޑިޔާރުންނަށް ބިރު ދައްކަން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކުގައި ލީކުވުމާ ގުޅިގެންނެވެ.
ޝުޖާޢު ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯތައް ތަހްގީގު ކުރުމުގެ ބަދަލުގައި މިހާރު އުޅެނީ އެކަން އެއީ ނުވާކަމަކަށް ހަދައި ފަނޑިޔާރުންނަށް ބިރުދައްކަން ކަމަށާއި ތަހްގީގުގެ މަޢުލޫމާތު 5 ދުވަސްތެރޭ ދޭނެ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އަދިވެސް އެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއްކަމަށް އެ ފަނޑިޔާރުން ވަނީ އިންކާރު ކުރައްވައިފައެވެ.
އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ. މިގޮތުން މީޑީޔާގައި ދައުރުވަމުންދާ އޯޑިއޯތަކުގައި ޝާމިލުވާކަމަށް ބުނާ ތިން ފަނޑިޔާރުން އޯޑިއޯ ސުންކު ހެދުމަށް އޯޑިއޯ ރެކޯޑިން ވެސް ފުލުހުންނަށް ވަނީ ދީފައެވެ.