Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ޓެސްޓުތައް، ކަރަންޓު ކަނޑައި ނުލައި ނިންމައިލައިފި

ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ޓެސްޓުތައް، ކަރަންޓު ކަނޑައި ނުލައި ނިންމައިލައިފި

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ޓެސްޓުތައް، ކަރަންޓު ކަނޑައި ނުލައި މިއަދު ނިންމައިލައިފިއެވެ.

ސްޓެލްކޯއިން ރޭ ބުނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް އޮތުމުން މިއަދު ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށެވެ.

ނަމަވެސް މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓުގެ ހިދުމަތް އެއްވެސް ވަރަކަށް ނުކެނޑި މިއަދު ވަނީ އެ މަސައްކަތްތައް ނިންމައިލައިފައެވެ.

Advertisement
Allied — Dhen Online (box)

ސްޓެލްކޯގެ މުހިންމު މަސައްކަތެއް ކުރަނިކޮށް މިދިޔަ ބުދަ ދުވަހު މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އެކަމުގެ ސަބަބުން ބައެއް އިދާރާތަކުގެ މަސައްކަތަށް ވަރަށް ބޮޑަށް ބުރޫ އަރައިގެން ދިޔައެވެ.

މާލެއާއި ހުޅުމާލެއަށް މިހާރު ސްޓެލްކޯއިން ކަރަންޓު ދެނީ އެއް ވިއުގައަކުން ގުޅައިލައިފައިވާ ކަރަންޓް ކޭބަލަކުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް