ހަތަރު އަހަރުގެ ކުއްޖަކަށް ޕްރީސްކޫލެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ
އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގައިފައި ވަނީ މާލޭގެ މަޝްހޫރު ޕްރީ ސްކޫލެއްގައެވެ. އަދި މިކަން ހިނގައިފައި ވަނީ މީގެ ދެތިން ދުވަސް ކުރިނެވެ.
ޖިންސީ ޝިކާރައަކަށްވީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އަދި ޖިންސީ ގޯނާކޮށްފައި ވަނީ އެ ސްކޫލުގެ އަންހެން މުވައްޒިފެކެވެ. އަދި އެކުއްޖާއަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭގައި ފަރުވާ ދީފައިވާ ކަަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލައިގައި ފުލުހުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިމައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ރިޕޯޓެއް ލިބުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކުޑަކުއްޖެއްގެ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އަޅެ ދެން ކީކޭ ބުނާނީ. ކާކަށް ދެން އިތުބާރު ކުރާނީ. މިކަން ދެންވެއްޖެނު ކޮންމެސް އެހެން ހައްލެއް ގެނެސްގެންވެސް ހުއްޓުވަން. މި ދިވެހި މުޖުތަމަޢަށް މިވަނީ ކީތް އަޅެ
އިސަލާމީ ޝަރީއަތް ގާއިމްކުރޭ
މިއީ ދުނިޔޭގެ ހުރިހާ ތަނެއްގަވެސް ކުރާ ކުށްތަކެއް. ފަހުޒަމާނުގެ އަލާމާތްތައް. �
އިންސާނިޔަތުކަމާއި ރަހުމުގެ ބައި ކެނޑުނީމަ ވާނޭ ހުރިހާ ކަމެއް މިވަނީ…އިންސާނުންގެ ސިފައިގަ ތިބޭ ނަވާރުން މި ފަދަ ދަށު ދަރަޖައިގެ ކިންކަން ކުރަން ފަސް ނުޖެހި ކުރަނީ.. މިކަންކަން އެކަށީގެންވާ އަދަބު އެބަ ޖެހޭ މިކަހަލަ މީހުންނަށް ދޭން..
އަންހެން ކުއްޖަކަށް އަންހެން މުވައްޒިފަކު ޖިންސީ ގޯނާކުރީ!!!!
ދެން ބުނޭ އެ އަންހެން މީހާ ހުރީ ޖިންނި މޮޔަ ވެފަ އޭ.
ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ޖިންސީ ހާނިއްކަ ކަމަށް މިވަނީ. އަނިޔާކޮށްގެން ނުވާނެ މައިންބަފައިންވެސް.
ޚަބަރު ލިޔާ އިރު ސްކޫލު ވެސް ޖަހާލިނަމަ ދޯ
ސިއްރު ކުރަންވެގެން ނުބުނާނެ އެންނު
ސުކޫލައް ނުފުނުވީމަ ބުނާނެ ނުފޮނުވިއޭ..ކީކޭ ބުނާނީ.. ސުބުހާނައްﷲ
ދެން އަވަހަށް މޮޔައަކަށް ވީމަ ހުރިހާ ކަމެއް ހުންނާނީި ހަމަ ވެފަ
ގޭގަ ޓޮއިލެޓް ޓްރެއިން ކޮއްފަ އަމިއްލަބއަށް ހީސް ދޮންނަން ދަސްކޮއްދީފަ ތިބޭ ކުދިން ސްކޫލަށް ދިޔައިމަ އެތާ ތިބޭ ދައްތަމެން އަތް ލައްވައިގެން އެބަ ކްލީން ކުރެއޭ. ކީއްވެތަ ސްކޫލްތަކުގަ ހަވާލުވެގެން ތިބޭ މީހުންނަށް ނޭގެނީ ދަސްނުވާ ކުދިން ދަނީ ނެޕީގަ ކަމެއް. އެހެން ކުދިން އަމިއްލަ އަށް ދޮންނަން ޗާންސް ދޭން ވާނެ ކަމެއް
ސުކޫލަށްދަނީ އަހަރެމެންގެ ދަރިން. އަހަރެމެން ކޮންމެ ބެލެނިވެރިއަކަށްވެސް ސުކޫލުގެ ނަން އެނގުން މުހިއްމު. ނަންމަޝްހޫރު ނޫން ސުކޫލެއް މާލޭގައެއް ނެތް. އެހެންވީމަ ގެސިންގ ގޭމް ކުޅުވަން ހަދާނެކަމެއްނެތް. ސުކޫލު ނަން ހާމަކުރަންވީ. އެކަންކުރި ވިޔާ ނުދާ މީހާގެ ވަނަވަރުވެސް ހާމަކުރަންވީ.