Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލޯންޗެއް ބަންޑުން ޖަހާލައި ކުޑަކުއްޖަކު ގެއްލިއްޖެ

ލޯންޗެއް ބަންޑުން ޖަހާލައި ކުޑަކުއްޖަކު ގެއްލިއްޖެ

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އޮޅުވެލި ފުށީ ކައިރީގައި ކަނޑުމަތީ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ލޯންޗުން ދަތުރު ކުރަމުން ދިޔައީ 2 ކުޑަކުދިންނާ އެކު 12 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ކުޑަ އެއް ކުއްޖަކު ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ކުއްޖަކީ އެ ލޯންޗަށް ޖެހި ރާޅަކާ އެކު ކަނޑަށް ވިއްސައިގެން ދިޔަ އުމުރުން 4 އަހަރުގެ ކުއްޖެކެވެ.

Advertisement
Allied Insurance — Square (box)

އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިހާރު ވަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށައިފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ރިސޯޓް ކައިރިން ނެގި ރާޅެއްގައި ޖެހި 3 މީހަކު މޫދަށް ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 17:30 ލިބިފައިވާކަމަށެވެ.

އަދި މި ހާދިސާގައި އެ ލޯންޗުން މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން 2 މީހުން މިހާރު ފެނިފައިވާ ކަމަށާއި 4 އަހަރުގެ ކުޑަކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް