ތިނަދޫއިން ނިޔާވި 3 މަހުގެ ތުއްތު ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫންކަމަށް ކަނޑައަޅައިފި

މިއަދު ތިނަދޫން ނިޔާވި 3 މަހުގެ ތުއްތު ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫންކަމަށް ކަނޑައަޅައިފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާލިމް އަލީ “ދެން”އަށް މަޢުލޫމާތުދެމުން ވިދާޅުވީ އެ ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.
ސާލިމް ވިދާޅުވީ އެ ކުއްޖާއަކީ މީގެ ކުރިން ކޮވިޑް-19އަށް ފައްސިވެފައިވާ ކުއްޖެއް ކަމަށެވެ. އަދި ކަރަންޓީނު މުއްދަތު މިހާރު ހަމަވެފައިވާ ކަމަށާއި އެކުއްޖާ ކޮވިޑް ބައްޔަށް ފައްސިވި ފަހުން މިއަދަށް 16 ދުވަސް ހަމަވެފައިވާ ކަމަށް ސާލިމް ވިދާޅުވިއެެވެ.
އެ ކުއްޖާގެ އާއިލާގެ ފަރާތުން “ދެން”އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށެވެ. އެ ކުއްޖާގެ ހާލު ދެރަވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި ކުއްޖާގެ ހާލު ދެރަވެގެން އެމްބިއުލާސަށް ގުޅުމުން ވެސް ގާތްގަޑަކަށް 2 ގަޑިއިރު އެމްބިއުލާސް އައުމަށް ހޭދަވި ކަމަށް “ދެން”އަށް މަޢުލޫމާތު ދިން މީހާ ބުންޏެވެ.