Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފީވަކު ކައިރިން ދޯންޏެއް ބަންޑުން ޖަހައިލައިފި

ފީވަކު ކައިރިން ދޯންޏެއް ބަންޑުން ޖަހައިލައިފި

ށ. ފީވަކު ކައިރިން ދޯންޏެއް ބަންޑުން ޖަހައިލައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ދޯންޏަކީ ހދ. ކުޅުދުއްފުށިން ފުރައިގެން ފީވަކަށް ވަންނަން ދިޔަ ދޯންޏެކެވެ.

މި ހާދިސާ ހިނގައިފައި ވަނީ މިއަދު ހަވީރު 4:30ހާއިރުއެވެ. އެ ދޯނި ބަންޑުން ޖަހައިލީ ފީވަކު ފަޅުތެރެއަށް ވަންނަން އުޅެނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Advertisement
Ooredoo — Square (box)

ބަންޑުން ޖަހާލައިފައި ވަނީ ކުޅުދުއްފުށި ދޯންޏެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 3 މީހުންނާ އެކު ފީވަކު ފަޅަށް ވަންނަން އުޅުނު ދޯންޏެއް ބަންޑުން ޖަހައިލިކަމުގެ ރިޕޯޓު މިއަދު ހަވީރު 4:30 ގައި ލިބިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް