ދެވަނަ އަރަބިއްޔާ ސްކޫލެއް އެޅުމަށް ދަނީ ވިސްނަމުން: އެޑިއުކޭޝަން

ދެވަނަ އަރަބިއްޔާ ސްކޫލެއް އެޅުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީގައި އޮތް ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ޢަރަބި މީޑިއަމްއަށް ކިޔަވައިދޭ ދެވަނަ ޢަރަބިއްޔާ ސްކޫލެއް ހުޅުމާލޭގައި އަޅައިދިނުމަށް އެދި ބައެއް ބެލެނިވެރިން މިއަދު ހުށަހެޅި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން މިކަމުގައި އެންމެ އިސްކޮށް އުޅުނު އެއް ބެލެނިވެރިއެއް ކަމަށްވާ ޔޫސުފް ޢަބްދުﷲ ބުނީ އެފަދަ ސްކޫލެއް އެޅުމަކީ އެޑިއުކޭޝަންގެ ޕޮލިސީގައި އޮތް ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ.
<img class="alignnone wp-image-121398 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-9302487f2fa85424f15425a2037f537d-V.jpg" alt="" width="1600" height="936" />
"ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީގައި ހުރި ކަމެއް ކަމަށް އެއީ ސްކޫލެއް އެޅުން. އެހެން ނަމަވެސް މިވަގުތު ބަޖެޓުގެ ދަތިކަން ހުރި ގޮތުން މިވަގުތު ފަށައި ގަނެވިފައި ވަނީ ޕަބްލިކް ދެ ސްކޫލެއް އަޅަން ކަމަށް ވެސް ވިދާޅުވި. މިނިސްޓަރ ވިދާޅުވީ އެހެން ނަމަވެސް އަޅުގަނޑުމެން އަމިއްލައަކަށް ބޭރުގެ އެހީއެއް ހޯދައިގެން ނަމަވެސް ފުރުސަތެއް ހޯދައިފި ކަމަށްވަންޏާ، މިނިސްޓަރ ވިދާޅުވީ ބިން އެބަހުރި ކަމަށް" ޔޫސުފް ބުންޏެވެ.
ތިން ހާހަށް ވުރެ ގިނަ ސޮޔާ އެކު މިއަދު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައޮފައިވާ އިރު، ބެލެނިވެރިންގެ ފަރާތުން ވަނީ ތިން ކަމެއް ފާހަގަ ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މިހާރު އަރަބިއްޔާ ސްކޫލު ހުރި އިމާރާތުގެ ކޮންކްރީޓު ސްޓްރަކްޗަރއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުމެވެ. އޭގެ އިތުރުން ސްކޫލުގައި ކަތުރުފަނި އަޅައިފައި ހުރި މައްސަލައާއި، ދެވަނަ ޢަރަބިއްޔާ ސްކޫލެއް އަޅައި ދިނުމަށް އެދި ހުށަހެޅުން ވެސް ހިމެނެއެވެ.
<img class="alignnone wp-image-121399 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/IMG_20211019_163334_747-768x1024.jpg" alt="" width="768" height="1024" />
ސްކޫލުގެ ބައެއް ތަނބުތަކުގައި ރެނދުލުން ފަދަ ކަންކަންވުމާއި ކަތުރުފަނި އަޅައިފައިވާ މައްސަލަ ހައްލު ކޮށްދިނުމަށް އެކަންކަމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު އަންނަ ޗުއްޓީ ތެރޭގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި ކަމަށް ވެސް ޔޫސުފް ބުންޏެވެ.







ކޮމެންޓް