Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19ގެ ވޭދަނަތައް ކުއްލި އަކަށް އިތުރުވާނެ ކަމަކަށް ނުބެލެވޭ: އެޗްޕީއޭ

ކޮވިޑް-19ގެ ވޭދަނަތައް  ކުއްލި އަކަށް އިތުރުވާނެ ކަމަކަށް ނުބެލެވޭ: އެޗްޕީއޭ

ކޮވިޑް-19ގެ ވޭދަނަތަކުގެ ޓްރެންޑަށް ބަލާއިރު، ކުއްލިއަކަށް ވޭދަނަތައް އިތުރުވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އަފްޒަލް ވިދާޅުވީ، ކޮވިޑް-19ގެ ވޭދަނަތައް މިވަގުތު ހުރީ ދަށުގައި ކަމަށާއި ޓްރެންޑަށް ބަލާއިރު ކުއްލިއަކަށް އިތުރުވެދާނެ ކަަމަށް ނުބެލެވޭ ކަމަށެވެ.

"އަބަދުވެސް ކާންސެސް އަޅުގަނޑުމެން ކަލްކިއުލޭޓް މިކުރަނީ ފެންނަ ނަންބަރުތަކަށް ބަލާފައި. ނަންބަރުތަކުގެ ޓްރެންޑަށް ބަލާފައި. ޓްރެންޑަކުން އަދި ނުދައްކާ އެފަދަ އަލާމާތެއް. އެހެންވީމާ އަޅުގަނޑުމެން ބުނާނީ އުންމީދު ކުރަނީ ނުދާނެ ކަމަށޭ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ވޭދަނަތައް ދަށްވުމާއި ވެކްސިން ޖެހި މީހުންގެ އަދަދު އިތުރުވުމާ ގުޅުމެއް ވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ފައިސަލް ވިދާޅުވީ، ވޭދަނަތައް މަދުވެފައި ވަނީ އާބާދީގެ ބޮޑުބައެއް ވެކްސިން ފުރިހަމަ ކުރުމުން ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އިތުރު ލުއިތަކެއް މިދުވަސްވަރު ދެވެން ނެތް ކަމަށާއި އަތޮޅު ތެރޭގައި އަދިވެސް ކޮވިޑް-19 ފެތުރޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

[caption id="attachment_121342" align="alignnone" width="1024"]<img class="wp-image-121342 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-20210606-WA0014-1024x682.jpg" alt="" width="1024" height="682" /> ޑރ.ފައިސަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ[/caption]

"މި ވަގުތު އަޅުގަނޑުމެން ކޭސް ލޯޑަށް އެކަނި ބަލައިފި ނަމަ ވަރަށް ދަށުގައި މިހުރީ. އެހެން ނަމަވެސް އަދިވެސް އަތޮޅު ތެރޭގެ ހާލަތު އެކަށީގެންވާ ވަރަކަށް އައީއެކޭ ނުބުނެވޭނެ. އެހެން ނަމަވެސް އިތުރު އީޒްމެންޓް (ލުއިތައް) ދިނުމާ ހަމައަށް އަޅުގަނޑުމެންނަކަށް ދެވޭކަށް ނެތް." ޑރ.ފައިސަލް ވިދާޅުވިއެވެ.

ޑރ.ފައިސަލް ވިދާޅުވީ ކޮންމެ ހަފްތާއަކުވެސް އިންޑިކޭޓާސްގެ ހާލަތަށް ބަލާފައި އިތުރު ލުއިތަކެއް ދޭން ފެނޭތޯ މަޝްވަރާ ކުރާ ކަމަށާއި ދޭން ފެންނަ ނަމަ އެކަން ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އަތޮޅު ތެރޭގެ ވޭދަނަތައް ލޯޑް ދަށް ނުވަނީސް އެކަން ނުވާނެ ކަމަށް ވެސް ޑރ.ފައިސަލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް