Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަހަމްތަކެއް

ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަހަމްތަކެއް

ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓާ ގުޅޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް ވިދާޅުވީ، އެކްސިޑެންޓުވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 8:15 ހާއިރު ކަމަށެވެ.

ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި މި އެކްސިޑެންޓު ހިނގައިފައި ވަނީ ލިންކް ރޯޑުގައެވެ.

Advertisement
Allied Insurance — Square (box)

އެކްސިޑެންޓުވި ސައިކަލުގައި ތިބީ ދެ ބިދޭސީން ކަމަށާއި އޭގެ ތެރެއިން ބޮޑަށް އަނިޔާވީ ދުއްވަން އިން އުމުރުން 50 އަހަރުން މަތީގެ ބަނގްލަދޭޝް ރައްޔިތަކަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ބިދޭސީ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ސީދާ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް