Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި، ތުހުމަތު ،15އަހަރު ވެސް ނުފުރޭ ދެ ކުއްޖަކަށް

މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި، ތުހުމަތު ،15އަހަރު ވެސް ނުފުރޭ ދެ ކުއްޖަކަށް

މާލޭގައި މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

މި މާރާމާރީގައި ޒަހަމް ކޮށްލައިފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ ހަވީރު އަލަމާ ގޯޅީގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން 15 އަހަރު ނުފުރޭ ދެ ކުއްޖަކު ފުލުހަށް ހާޒިރު ކުރި ކަމަށެވެ. އަދި އެއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ދެ ކުދިންނަށް ވާތީ އެ ކުދިން ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްްޑް ޕްރޮޓެކްޝަންގެ ޖުވެނައިލް އޮފެންޑާސް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް