Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ގިނަ ބަޔަކާ އެކު ހިނގާލުން ފަށައިފި

އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ގިނަ ބަޔަކާ އެކު ހިނގާލުން ފަށައިފި

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ގިނަ ބަޔަކާ އެކު އިދިކޮޅުން މާލޭގައި ހިނގާލުން ފަށައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މި ހިނގާލުން ފަށައިފައި ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހިނގާލުމުގައި ބައިވެރިވާ ބޭފުޅުން ތިބީ މި ހިނގާލުމަށް ޚާއްސަ ޓީޝާޓެއް ލައިގެންނެވެ.

<img class="alignnone wp-image-121964 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-56c0c1f35d59300f19a9ea1c5edc3db1-V.jpg" alt="" width="1600" height="1200" />

Advertisement
Ooredoo — Truecaller (box)

ޤައުމީ ދިދައާއި، ތަފާތު އެކު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ވެސް ހިފައިގެން ކުރިއަށްގެންދާ މި ހިނގާލުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސުލްހަވެރި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއް ކަމަށެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާ ފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް