Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިނަދޫ މިއުޒިއަމް ޕާކްގައި ޕަމްޕުތައް ބަހައްޓައިފައި ހުރި ވަޅަކަށް ކުއްޖަކު ވެއްޓިއްޖެ

ތިނަދޫ މިއުޒިއަމް ޕާކްގައި ޕަމްޕުތައް ބަހައްޓައިފައި ހުރި ވަޅަކަށް ކުއްޖަކު ވެއްޓިއްޖެ

ގދ. ތިނަދޫ މިއުޒިއަމް ޕާކުގައި ޕަމްޕު ހޮޅިތައް ހުރި ވަޅަކަށް ކުޑަ ކުއްޖަކު ވެއްޓިއްޖެއެވެ.

ތިނަދޫ ކައުންސިލުން “ދެން”އަށް މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގައިފައި ވަނީ މިއަދު ހަވީރު 17:15ހާއިރުއެވެ. ވަޅަށް ވެއްޓުނު ކުއްޖާއަށް ސީރިއަސް އަނިޔާ ލިބިފައި ނުވާ ކަމަށާއި ލިބުނު ޒަޙަމްތަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދިނެވެ.

އެ ކުއްޖާ ވެއްޓުނު ވަޅުގައި އެއްވެސް ވަރަކަށް ފެން ނުހުންނާނެކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ކައުންސިލުން ވިދާޅުވީ އެ ތަނަކީ ޕަންޕުތައް ބަހައްޓަން ހަދާފައި ހުންނަ ވަޅެއް ކަމަށާއި އެ ކުއްޖާ ވެއްޓެން މެދުވެރިވީ ވަޅުގެ މަތިގަނޑު ހަލާކުވެފައި ހުރުމުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަޅުގެ ފުން މިނުގައި 20 ފޫޓު ހުރެއެވެ. އަދި ކުއްޖާ ވަޅަށް ވެއްޓުނު އިރު އެ ޖަންކްޝަން ހުރީ ވަށައިގެން ބަންދުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް