އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު: ޒައިދު

އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ އަބަދުވެސް ދެކޮޅުކަމަށް ސަރުކާރު ކޯލިޝަންގަިއ ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ގިނަ ބަޔަކާ އެކު އިދިކޮޅުން މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފައިވާ ދަނޑިވަޅެއްގައެެވެ.
ޒައިދު ވިދާޅުވީ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ އޭނާ އަބަދުވެސް ދެކޮޅު ކަމަށެވެ. އަދި އެއްވެސް ސަބަބަކަށް ޓަކައި ވިޔަސް މިލިޓަރީ ސިފައިން ރާއްޖޭގައި ޤާއިމްވާން ފުރުސަތު ދެވިއްޖެ ނަަމަ އެކަން ވާނީ ކުރިޔަށްއޮތްތާ ބޮޑުނުރައްކަލަކަށް ކަމަށެވެ.
https://twitter.com/alizaid1000/status/1451533485169004545?s=21
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މި ހިނގާލުން ފަށައިފައި ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.







ކޮމެންޓް