Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ސަރުކާރުން އިސްކަންދޭންވީ ހަކަމެއް ޑރ. ޖަމީލު ފާހަގަ ކުރައްވައިފި

ސަރުކާރުން އިސްކަންދޭންވީ ހަކަމެއް ޑރ. ޖަމީލު ފާހަގަ ކުރައްވައިފި

ސަރުކާރުން އިސްކަން ދެއްވަންވީ ހަ ކަމެއް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ފާހަގަ ކުރައްވައިފިއެވެ.

ހަތަރު ޚަބަރެއްގެ ސުރުޙީ ހިއްސާ ކުރައްވަމުން ޑރ. ޖަމީލު މިއަދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވަންވީ ކަންކަމުގައި ވިދާޅުވެ ހަ ކަމެއް ފާހަގަ ކުރައްވައިފައެވެ. އެގޮތުން ޑރ. ޖަމީލު އެންމެ ފުރަތަމަ ވެސް ވިދާޅުވީ، ރައީސް ޞާލިހް ކުރެއްވި ހުވަޔަށް ކިޔަމަންވެލެއްވުމަށެވެ. އޭގެ އިތުރުން ވިދާޅުވީ އެއްބަސްވުންތައް ސިއްރުނުކޮށް ހާމަ ކުރެއްވުމަށާއި، ބަލިމީހުން ބަރޯގައި އުފުލަން ނުޖެހޭގޮތް ހައްދަވައިދެއްވުމަށެވެ.

މީގެ އިތުރުން، އަނިޔާކޮށް މަރައިލި މަރުގެ ޙަގީގަތް ލަސްނުކޮށް ހޯއްދެއްވުމަށާއި، އަމިއްލަ އޮފީހަށް ވާނުވާ ނޭނގުން ނިމުމަކަށް ގެންނެވުމުގެ އިތުރުން ޕާޓީ މީހުންނަށް ވަޒީފާ ބެހުން ހުއްޓައިލެއްވުމަށް ވެސް ޑރ. ޖަމީލު ގޮވައިލެއްވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MJameelAhmed/status/1451790287567613955?s=20

ޑރ. ޖަމީލުގެ މި ޓްވީޓުގައި ވަނީ ދާދި ފަހުން ހދ. މަކުނުދޫ ސިއްހީ މަރުކަޒަށް ބަރޯއެއްގައި އުމުރުން ދުވަސްވީ މީހަކު އުފުލި ހާދިސާ ފާހަގަ ކުރައްވައިފައެވެ.

އޭގެ އިތުރުން ސަރުކާރުގައި އިސްލާހު ކުރަން ޖެހޭ ކަމެއް އޮތް ނަމަ ހިއްސާ ކޮށްދެއްވަން ރައީސް ޞާލިޙް އެދިލައްވައިފައިވުން ވެސް ފާހަގަ ކުރައްވައިފައިވެއެވެ. އަދި ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓްރަކަށް އެމްޑީޕީގެ ރިޒްނާ ޒަރީރު އައްޔަން ކުރެއްވިކަން ވެސް ފާހަގަ ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް