Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އެމެރިކާއިން ދިން ޑްރޯން ހަމަލާއަކުން އަލްގައިދާގެ އިސް ލީޑަރަކު މަރައިލައިފި

އެމެރިކާއިން ދިން ޑްރޯން ހަމަލާއަކުން އަލްގައިދާގެ އިސް ލީޑަރަކު މަރައިލައިފި

އެމެރިކާއިން ދިން ޑްރޯން ހަމަލާއަކުން އަލްގައިދާގެ އިސް ލީޑަރަކު މަރައިލައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާ ސިފައިން ސޫރިއާގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ އިސް ލީޑަރު އަބްދުލް ހާމިދު އަލް މަތާރު މަރައިލައިފައިވާ ކަމަށެވެ.

"އަލްގައިދާގެ މި އިސް ލީޑަރު މަރައިލުމުން، އެ ޓެރަރިސްޓް ޖަމާއަތުގެ ގާބިލްކަން ދަށްވެ، އިތުރު ހަމަލާތައް ރޭވުމަށާއި އެމެރިކާގެ ރައްޔިތުންނަށާއި އަހަރެމެންގެ ބައިވެރިންނަށާއި ކުށެއް ނެތް އާންމުންނަށް ބިރު ދައްކައިގެން ދުނިޔޭގެ ފެންވަރުގައި ހަމަލާތައް ދިނުމުގެ ގާބިލްކަން ނެތިގެން ދާނެ،" އެމެރިކާގެ އާމީ މޭޖާ ޖޯން ރިގްސްބީ ހުކުރު ދުވަހުގެ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މި ޙަމަލާގައި އިތުރު މީހަކަށް ގެއްލުމެއް ލިބުނުކަން އެނގިފައި ނުވާކަމަށާއި، މި ޙަމަލާ ހިންގައިފައި ވަނީ އެމްކިއު-9 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާ ދީފައި މިވަނީ ސޫރިއާ ދެކުނުގައި ހުންނަ އެމެރިކާގެ އައުޓްޕޯސްޓަކަށް ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ.

"އަލްގައިދާއިން އަދިވެސް ދަނީ އެމެރިކާއަށާއި އަހަރެމެންގެ އެކުވެރިންނަށް ނުރައްކަލަށް ހުށަހަޅަމުން. އަލްގައިދާއިން ސޫރިއާ ބޭނުން ކުރަނީ އެކްސްޓާނަލް އޮޕަރޭޝަންތައް ރާވަން، ރައްކާތެރި ތަނެއްގެ ގޮތުގައި،" ރިގްސްބީ ވިދާޅުވިއެވެ.

އެމެރިކާގެ ޑްރޯން ހަމަލާއަކީ އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމެއް ނުވަތަ ނޫން ކަމެއް ރިގްސްބީ ވިދާޅެއް ނުވެއެވެ. އަދި ހަމަލާދީފައި ވަނީ ސޫރިއާގެ ކޮން ސަރަހައްދަކަށް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޕެންޓަގަންއިން ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު އުތުރު ސޫރިއާގައި ވެސް ހަމަލާއެއް ދީ އަލްގައިދާގެ އިސް އެހެން ލީޑަރެއް ކަމަށްވާ ސާލިމް އަބޫ-އަހުމަދަށް ހަމަލާދީ މަރައިލައިފައެވެ. މި ވައިގެ ހަމަލާ ދީފައި ވަނީ އިދްލީބުގެ ގަވަރުނަރު ކައިރިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް