Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއަކު ހާލު ދެރަވެ އާއިލާއާ ހަވާލުކޮށްފައި ވަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޖަލު ހުކުމެއް ކޮށްފައިވާ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ހުކުމް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް އޮކްޓޫބަރު 14ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި 18ވަނަ ދުވަހު އެ މީހާ ބަލިވުމާ ގުޅިގެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ވިދާޅުވީ އެ މީހާގެ ބަލި ހާލަތު ހުރި ގޮތުން 21ވަނަ ދުވަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރޭގެ ވަގުތެއްގައި އޭނާ ނިޔާވެފައިވާކަން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ "ދެން"އަށް މައުލޫމާތު ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް