Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޒިނޭގެ މައްސަލަ ސާބިތު ކުރަން ޑީއެންއޭ ބަލައިގަނެވޭނެ ކަމަށް ނިންމައިފި

ޒިނޭގެ މައްސަލަ ސާބިތު ކުރަން ޑީއެންއޭ ބަލައިގަނެވޭނެ ކަމަށް ނިންމައިފި

ޒިނޭގެ މައްސަލަ ސާބިތު ކުރަން ޑީއެންއޭ ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ނިންމައިފައި ވަނީ މުހައްމަދު ތައުފީގު ކިޔާ ފިރިހެނެއްގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ނިންމުމުގައެވެ.

ތައުފީގުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ފާތިމަތު ޝަމީމާ ނަމަކަށް ކިޔާ މީހަކު ވިހެއި ދަރިއަކީ އެ ދެމީހުންނަށް ކައިވެނިން ބޭރުން ލިބިފައިވާ ދަރިއެއް ކަމަށް ބުނާތީ، ކުއްޖާގެ ޑީއެންއޭއާއި ތައުފީގުގެ ޑީއެންއޭ ވެސް ދިމާވާތީއެވެ.

Advertisement
Ooredoo — Square (box)

ދައުލަތުން ތައުފީގުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

ނަމަވެސް އެ ކޯޓުން ނިންމީ އިސްލާމީ ޝަރީއަތުގައި ޒިނޭކުރިކަން ޝަރީއަތަށް ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށްވާތީ ކަމަށްވުމުން، ތައުފީގުގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުވާ ކަމަށެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދައުލަތުން އިސްތިއުނާފް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވެސް އެ މައްސަލަ ނިންމީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. އެހެންކަމުން ދައުލަތުން ފަހުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް