ޝަރުޢީ ދާއިރާ

100 ކިލޯ މަސްތުވާތަކެތީގެ މައްސަލަ: އަނެއްކާވެސް މީހަކު ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން
މައްސަލައިގައި ދޫކޮށްލި ފަރާތް.. ފޮޓޯ/ފުލުހުން

މިދިޔަ ހަފްތާގައި 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޫކޮށްލައިފައި ވަނީ، އުމުރުން 26 އަހަރުގެ ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމެވެ. މިދުހަތަކީ މިމައްސައިގައި ފުލުހުން ހައްޔަރު ކުރި ދިހަ މީހުންގެ ތެރެއިން ވަނަވަރު ހާމަކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިމައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ވަނަވަރު ފުލުހުން ސިއްރުކޮށްފައިވާއިރު، އެ ފަރާތްތައް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

މިދުހަތު ދޫކޮށްލައިފައި ވަނީ މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހުންގެ  ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރު ކުރަން ހާޒިރު ކުރުމުންނެވެ. އޭނާ ދޫކޮށްލައިފައި ވަނީ މިވަގުތަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން ކަމަށް ބުނެއެވެ.

މިމައްސަލައިގައި ވަނަވަރު ހާމަކޮށްފައިވާ މީހުން

މި މައްސަލައިގައި ފުލުހުން ވަނަވަރު ހާމަ ކުރި އަށް މީހުންގެ އިތުރުން ހައްޔަރު ކުރި އިތުރު ދެ މީހުން ދޫކޮށްލައިފައި ވަނީ ވެސް ކްރިމިނަލް ކޯޓުންނެވެ. އެ ދެމީހުންނަކީ މައްސަލައިގެ ބޮޑުންކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުންނެވެ. މި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށް ފުލުުހުން ވިދާޅުވި ނަމަވެސް، ޕީޖީއިން ވަނީ މައްސަލަ އިސްތިއުނާފް ނުކުރާނެކަމަށް ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ އޭގެ ފަހުން ވެސް 250 ކިލޯގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ވަނަވަރުތައް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance
  1. އިއްބެ

    ފުލުހުންނާއި ޤާޒީންގެ އިހުމާލުވަރަށްބޮޑު ފަހަރެއްގައި މުސާރަކުޑަ ކަމަށްވެސްވެދާނެ

  2. ހާދީ

    މަސްއޮޑިގޭ ކުއްޖަކު މިމައްސަލައިގައި ހައްޔަރު ކުރުމުން ވަނަވަރު ހާމަނުކޮށް ކޯޓުން ދޫކޮށްލި. މިފަހަރު ދޫކޮށްލީ ގެމަނަފުށީ ދާއިރާގެމެމްބަރުގެ އަންހެނުންގެ ކޮއްކޮ މިދުހަތު.