Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖޭއެސްސީގެ އަމަލުތަކުން ހީވަނީ އެއީ ސުޕްރީމް ކޯޓަށް ވުރެ ވެސް މަތީ ކޯޓެއްހެން:ޑރ. އިޔާޒް

ޖޭއެސްސީގެ އަމަލުތަކުން ހީވަނީ އެއީ ސުޕްރީމް ކޯޓަށް ވުރެ ވެސް މަތީ ކޯޓެއްހެން:ޑރ. އިޔާޒް

<span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ފަނޑިޔާރު މައްސަލައެއް ނިންމިގޮތް ރަނގަޅު ނޫންވީމާ އެކަމާ ހިތްހަމަ ނުޖެހޭނަމަ ދާން އޮންނަނީ މަތީ ކޯޓަކަށް ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އަމަލުތައް ހުންނަގޮތުން ހީވަނީ އެއީ ސުޕްރީމް ކޯޓަށް ވުރެ ވެސް މަތީ ކޯޓެއްހެންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.</span>

ޑރ.އިޔާޒް މިހެން ވިދާޅުވީ އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު އެކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބް އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލައެއްގައި އޭނާއާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައެވެ.

<span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">"ފަނޑިޔާރު މައްސަލައެއް ނިންމިގޮތް ރަނގަޅު ނޫންވީމާ އެކަމާ ހިތްހަމަ ނުޖެހޭ ނަމަ ދާން އޮންނަނީ މަތީ ކޯޓަކަށެވެ. ނަމަވެސް މިހާރު ޖޭއެސްސީ</span>ގެ ޢަމަލުތައް ހުންނަ ގޮތުން ހީވަނީ އެއީ ސުޕްރީމް ކޯޓަށް ވުރެ ވެސް މަތީ ކޯޓެއްހެން. އަވަހަށް އެތަން އިޞްލާޙުކޮށްދެއްވާ" ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޓެގު ކުރައްވައި ޑރ. އިޔާޒް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/dr_iyaz/status/1453390666394849283

އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ތައްޔިބާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމި ނިންމުމާ އެކު ގިނަ ބަޔަކު ދަނީ ޖޭއެސްސީއަށް ފާޑުކިޔަމުންނެވެ.

މެޖިސްޓްރޭޓް ތައްޔިބްގެ މައްސަލަ ސާބިތުވާތީ އޭނާއަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ނިންމައިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް