Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް ބަލީގައި އައްޑޫއިން ނިޔާވި މީހެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް

ކޮވިޑް ބަލީގައި އައްޑޫއިން ނިޔާވި މީހެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް

އައްޑޫ ސިޓީއިން ނިޔާވި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް ބަލީގައި އައްޑޫއިން ނިޔާވި މީހެއްގެ ހަށިގަނޑުގައި އަނިޔާތަކެއް ހުރި ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ.

އައްޑޫ ސިޓީއިން ރޭ މެންދަމު 2:15 ހާއިރު ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 81 އަހަރުގެ އަންހެނެކެވެ. އެ  އަންހެން މީހާއަކީ ކޮވިޑް ބަލި ޖެހި ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާހޯދަމުން ދިޔަ މީހެކެވެ.

Advertisement
Ooredoo — Square (box)

މިކަމާ މެދު އައްޑޫ ސިޓީއިން މައުލޫމާތު ދެއްވޭނެ އެއްވެސް ފަރާތަކާ ގުޅައިނުލެވުމުގެ ސަބަބުން، ނިޔާވި މީހާގެ ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް