Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޫދަށް އެރި އުޅެނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފި

މޫދަށް އެރި އުޅެނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފި

ވިލިމާލޭގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ގެނބުނީ އުމުރުން 39 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އޭނާ މޫދަށް އެރި އުޅެނިކޮށް ގެނބެން ފެށުމުން ސަލާމަތް ކުރަން މޫދަށް ފޭބީ އެ ސަރަޙައްދުގައި ހުރި ފުލުހެކެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން “ދެން”އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ވިލިމާލޭ ބީޗް ސަރަޙައްދުގައި މޫދަށް އެރި އުޅުނު ނޭޕާލް ފިރިހެނެއް ގެނބިގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު 17:41ހާއިރު ފުލުހުންނަށް ލިބިފައިވާ ކަަމަށެވެ.

Advertisement
Allied Insurance — Square (box)

ގެނބުނު މީހާގެ ހާލު މިހާރު ރަނގަޅުކަމަށާއި އެމީހާ ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ އެމީހާ ވިލިމާލެ ބޯޓް ޔާޑާ ދިމާ ކަނޑުން ނަގައިގެން އެ ވަގުތު އެތަނަށް އައި ލޯންޗަކަށް އަރުވައިގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް