Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި މީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު

215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި މީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. އަތޮޅު ފަޅުރަށެއްގައިި ފޮރުވައިފައި ހުއްޓާ އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ފުލުހުން ބޮޑެތި އަނިޔާތަކެއް ކުރިކަމުގެ ތުހުމަތު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ތުހުމަތާ ގުޅިގެން މި މައްސަލަ ބަލަން ކްރިމިނަލް ކޯޓުން މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަށް އަންގައިފައެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރީ/ ފެހިއަލި، ނިމާލް އަބްދުލްހާރިސާއި އެރަށު ފިނިފަރު، އަލީ ޝާކިރެވެ. އެ ދެމީހުން އަތުން 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ އިރު، މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް ރެކޯޑް އަދަދެއްގެ މަސްތުވާތަކެއްޗެވެ.

Advertisement
HDC — Sidebar (box)

އެ ދެމީހުންގެ ބަންދާމެދު އިއްޔެ ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ފުލުހުންގެ ފަރާތުން އެމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ޝާކިރުގެ ފަރާތުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރި ދުވަހުގެ އިރު އޮއްސުނު ވަގުތުން ފެށިގެން އަނެއް ދުވަހުގެ ފަތިސް ވަންދެން ފަޅުރަށުގައި އޭނާއަށް ފުލުހުން އަނިޔާ ކުރި ކަމަށެވެ.

ފުލުހުން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އަދި އެ މީހުންގެ ސިއްހީ ހާލަތު ބެލުމަށް ފަހު ހެދި ރިޕޯޓުގައި ވެސް، އަނިޔާއެއްގެ ވާހަކަ ފާހަގަކޮށްފައި ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް